ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ހިނގާދިޔަ ބައެއް ކަންކަމަށް ޕްރައިމަރީން ކެޓި މިހާރުގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ފާޑުވިދާޅުވެއްޖެ އެވެ.
ޝިފާގެ މައްޗަށް ކުރި ހޯދައި މާލޭ ސިޓީގެ މޭޔަރުގެ އެމްޑިޕީ ޓިކެޓު ހޯއްދެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. އަނަސްއަށް1،025 ވޯޓު ލިބިވަޑައިގެންނެވި އިރު ޝިފާއަށް ލިބިވަޑައިގެންފަ ވަނީ835 ވޯޓެވެ.
ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވަކި ފޮއްޓެއްގެ ވޯޓު ނެގުން އަލުން ބާއްވަން ޖެހޭ ނަމަ އެކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އިންތިޚާބެއްގައި ފޮށި ނަގައިގެން ދާން ޖެހޭ ހިސާބަށް ދާނީ މައްސަލަތަކެއް ހުރުމުން ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ފޮށި ނަގައިގެން ދާންޖެހޭ ހިސާބަށް އެ ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނޫން ނަމަ ގޯހެއް ހުރީމަ،" ޝިފާ ވިދާޅުވި އެވެ.
https://twitter.com/SifaMohammed/status/1223853482513326081?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1223853482513326081&ref_url=https%3A%2F%2Fmihaaru.com%2Fnews%2F68612
ޝިފާ އެމާނަ ކުރެއްވީ ކޮން ވޯޓު ފޮށްޓެއްގެ ވާހަކަކަމެއް ސާފެއް ނުވެ އެވެ. އެކަމަކު މާލޭގައި ހުރި ގއ. އަތޮޅު ވޯޓުފޮށްޓެއްގެ ކައިރީގައި ހިނގި ހަމަނުޖެހުންތަކަކާއި ގުޅިގެން އެ ދާއިރާގެ ގއ. އަތޮޅުގެ ދާންދޫ، ވިލިނގިލި އަދި ކޮލަމާފުށީގެ ވޯޓު ބާތިލްކޮށް ވޯޯޓު ފޮށިތައް ވަނީ އަންދާލާފަ އެވެ.
މޭޔަރު ވޯޓުގައި ހެންވޭރު ހުޅަނގު ދާއިރާގެ ފޮޮއްޓެއްގައިވެސް މައްސަލަ އުފެދިފަ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް