ސޯޝަލް ސެންޓަރުގައި ހިމަބިއްސަށް ވެކްސިން ދިނުން ހުއްޓާލައިފި

ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނުކޮށްފައިވަނިކޮށް އަލުން ފެތުރެންފެށި ހިމަބިއްސަށް ވެކްސިން ދިނުމަށް ހެލްތް މިނިސްޓްރީން ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ މަސައްކަތް ހުއްޓާލައިފި އެވެ. ސޯޝަ...

02 Feb 2020 | 07:08

ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނުކޮށްފައިވަނިކޮށް އަލުން ފެތުރެންފެށި ހިމަބިއްސަށް ވެކްސިން ދިނުމަށް ހެލްތް މިނިސްޓްރީން ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ މަސައްކަތް ހުއްޓާލައިފި އެވެ.

ސޯޝަލް ސެންޓަރުގައި ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ. އެތަނުގައި ވެކްސިން ދިނުން ހުއްޓާލި ސަބަބެއް ހާމައެއް ނުކުރެ އެވެ. ބެލެވޭގޮތުގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ސަރުކާރުގެ ތެރެއިން ވަރުގަދަ ކުރަމުންދާތީ އެތަނުގައި ވެކްސިން ދިނުން ހުއްޓާލީ ކަމަށް ބެލެވެ އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެއިން ފެށިގެން ހިމަބިއްސަށް ދެވޭ މީސަލްސް ވެކްސިން ދެމުންދާނީ ވިލިމާލޭ ހޮސްޕިޓަލް، ދަމަނަވެށި، ޓްރީޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ.

ހިމަބިހި ޖެހިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ހިނގައި ދާނެކަމަށް ބަލައި ހަމަހާއި18 މަހުގެ ކުދިންނަށް މީސަލްސް ވެކްސިންގެ އިތުރު ޑޯޒެއް ދޭން ހެލްތް މިނިސްޓްރީން ވަނީ ފަށާފައި އެވެ. އެޗްޕީއޭއިން ބުނީ މާލޭގައި ވެކްސިންދޭ ހުރިހާ ތަނަކުން އެ ޑޯޒު ޖަހައިދޭނެ ކަމަށެވެ.

ހިމަބިހި އަލުން ފެތުރެން ފެށިފަހުން މިހާތަނަށް އަށް މީހަކު ވަނީ ބައްޔަށް ޕޮސިޓިވް ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް