ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފިއެވެ. ގުލްނާޒް ބޭންކާ ގުޅިވަޑައިގަންނަވަނީ ކަސްޓަމަރ އެކްސްޕީރިއަންސް މެނޭޖްމަންޓް، ޑިޖިޓަލް ޓްރާންސްފޯމ...

02 Feb 2020 | 05:12

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފިއެވެ.

ގުލްނާޒް ބޭންކާ ގުޅިވަޑައިގަންނަވަނީ ކަސްޓަމަރ އެކްސްޕީރިއަންސް މެނޭޖްމަންޓް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ރެވެނިއު މެނޭޖްމަންޓްގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާއާއެކުގައެވެ. ބޭންކާއި ގުޅިވަޑައިގަތުމުގެ ކުރިން ގުލްނާޒް ވަނީ އުރީދޫގެ ހެޑް އޮފް ކަސްޓަމަރކެއާގެ މަޤާމު ފުރުއްވާފައެވެ. އަދި ގުލްނާޒް ވަނީ ޔޫކޭގެ ޔުނިވަރސިޓީ އޮފް ބްރިސްޓޮލް އިން އިކޮނޮމިކްސް އެންޑް ފައިނޭސްއިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައެވެ.

" ބޭންކުގެ ސްޓެރެޓަޖީ އާ އެއްގޮތަށް ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި ގުލްނާޒް ބޭންކާ ގުޅިވަޑައިގަތުމުން މަރްހަބާ ދަންނަވަން. އަލަށް އުފެއްދި ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަގާމުންވެސް ދައްކައިދެނީ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. މި ދާއިރާއިން ގުލްނާޒު ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައި ބޭންކުން ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ.  ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް