ކޮރޯނާވައިރަސް: މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް، ޕޮޒިޓިވް ވި މީހުންގެ އަދަދު 15 ހާހާ ގާތަށް

ޗައިނާއިން ފެނި ޗައިނާގައި ބާރު ސްޕީޑެއްގައި އަދި މިހާރު އެކި ގައުމުތަކުގައިވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 304 އަށް އަރައިފިއެވެ. އަދި މި ވައިރަހަށް ޕޮޒިޓ...

02 Feb 2020 | 04:31

ޗައިނާއިން ފެނި ޗައިނާގައި ބާރު ސްޕީޑެއްގައި އަދި މިހާރު އެކި ގައުމުތަކުގައިވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 304 އަށް އަރައިފިއެވެ. އަދި މި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު މިވަނީ 14380 އަށް އަރާފައެވެ.

މިއީ އިއްޔެއާއި އަޅާ ބަލާއިރު މަރުވި މީހުންގެ އަދަދުން 45ގެ އިތުރުވުމެކެވެ. އަދި ޕޮޒިޓިވް ވި މީހުންގެ އަދަދުން 2589ގެ އިތުރުވުމެކެވެ. ފާއިތުވި 24ގަޑިއިރުތެރޭގައި ޗައިނާއިން މަރުވި 45 މީހުންވެސް ނިސްބަތްވަނީ ވޫހާން ސިޓީއަށް ކަމުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެތުރެންފެށި މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ 27 ގައުމަކުން ފެނިފައެވެ. ޗައިނާ ފިޔަވައި މި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އެންމެ ގިނައީ ޖަޕާނުގައެވެ. އެއީ 20 އެވެ.

ރާއްޖެއިންވެސް ޝައްކު ކުރެވޭ އެކަކާއި އިތުރު ދެމީހަކު ވަކިން ކަރަންޓީނުކޮށް އެ މީހުންގެ ހާލަތު ގާތުން ބަލަމުން އަންނަންއިރު ޝައްކު ކުރެވޭ މީހާގެ ސާމްޕަލް މިހާރު ވަނީ އިންޑިއާއަށް ފޮނުވާފައެވެ. މިއަދު ހަވީރަށް އޭގެ ޖަވާބު ލިބޭނެކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް