ވައިރަސްތަކުން ސަލާމާތްވާން ފުރަތަމަ މި ކާއެއްޗެހި ހޯދަމާ!

މޫސުމީ ބަދަލުތަކުގެ ސަބަބުން ރޯގާތައް ފެތުރި ކޮރޯނާ ވައިރަސް ފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކާއެއްޗިއްސަށެވެ. ގިނަ ބަލިތަކުގެ ފުރަތަމަ އަލާމާތްތަކުގެ ގޮތުގ...

01 Feb 2020 | 20:37

މޫސުމީ ބަދަލުތަކުގެ ސަބަބުން ރޯގާތައް ފެތުރި ކޮރޯނާ ވައިރަސް ފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކާއެއްޗިއްސަށެވެ.

ގިނަ ބަލިތަކުގެ ފުރަތަމަ އަލާމާތްތަކުގެ ގޮތުގައި ފެންނަނީ ރޯގާ ޖެހުމާއި ހުން އައުން އަދި ކެއްސާ ކިނބިހި އެޅުމެވެ. މި އަލާމާތްތައް ފެންނަން ފެށުމާއި އެކު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އަމިއްލަ ހަށިގަނޑުގައި ވަރުޖެއްސުމަށާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ހަށިގަނޑަށް އެންމެ ބޭނުންވަނީ މޭވާ އާއި ދިޔާއެއްޗިހީގެ އިތުރުން ވިޓަމިން ސީ އިން މުއްސަނދިވެފައި ހުންނަ ތަރުކާރީ އެވެ.

ވިޓަމިން ސީ އެކުލެވޭ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ކިއުކަމްބާއަކީ މިފަދަ ހާލަތެއްގައި އާންމުކޮށް ކާން ވަރަށް ރަނގަޅު އެއްޗެކެވެ. ކިއުކަމްބާގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން95 ޕަސެންޓަކީ ފެނެވެ. އަދި ކިއުކަމްބާގައި ކެލޮރީސް އެކުލެވޭނީ ވަރަށް މަދުންނެވެ.

ލުނބޯއަކީ ވިޓަމިން ސީ އާއި މިނަރަލްއިން ފުރިގެންވާ އެއްޗެކެވެ. ލުނބޯ ފަނި ނުވަތަ ލުނބޯ އާންމުކޮށް ކާނަމަ ދިފާއީ ނިޒާމު ވަރުގަދަވެ ބަރުދަން ލުއި ކުރުމަށް އެހީވެދޭނެ އެވެ. އަދި ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ނުކުތުމަށް ބާރަކަށްވެ އެވެ.

މިންޓު ފަތަކީވެސް އާންމު ބަލިތަކުން ރައްކާތެރިވުމަށް އާންމުކޮށް ބޭނުން ކުރެވިދާނެ ބާވަތެކެވެ. މިންޓް ފަތް ކެއުމުގައި ބޭނުން ކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. ހަޖަމް ކުރުމުގެ ނިޒާމަށްވެސް މިންޓު ފަތް ކެއުމުން ލުއި ލިބެ އެވެ. އެގޮތުން ބަނޑު ކެއްކުމާއި ބަނޑަށް އުނދަގޫވުން ހައްލުވާނެ އެވެ.

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ފުރަތަމަ އަލާމާތްތަކަކީ ހުމާއި ރޯގާ އަދި ކެއްސާ ކިނބިހި އެޅުން ކަމަށްވާއިރު ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމުގެ ބަދަލުގައި މިއީވެސް މިވަގުތައް ކުރެވިދާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް