މަޖިލީހަށް ވާދަ ނުކުރަން އާޒިމާ ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމަވާ، ޕީޕީއެމްގެ ޓިކެޓު ދޫކޮށްލައިފި އެވެ. މަޖިލިސް އިނ...

02 Feb 2019 | 11:05

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމަވާ، ޕީޕީއެމްގެ ޓިކެޓު ދޫކޮށްލައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ ޓިކެޓު ދެއްވާފައިވާއިރު ރައީސް ޔާމީން ވަނީ ޕްރައިމަރީއަކާ ނުލާ އާޒިމާއަށް ނ. ހޮޅުދޫ ދާއިރާއަށް ވާދަ ކުރެއްވުމަށްޓަކައި ޓިކެޓު ދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޒިމާ އެކަމަނާގެ ނަން އަނބުރާ ނަންގަވާފައި ވަނީ އެކަމަށް އެކަމަނާގެ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުންނެވެ.

ރޭ ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ބޭފުޅުން ކަމަށް ބުނެ އެ ދެ ޕާޓީ އިން އާންމު ކުރި ލިސްޓުގައި، މިހާރު ހޮޅުދޫ ދާއިރާއަށް ވާދަ ކުރާނެ ކަމަށް ބުނެފައި ވަނީ އަހުމަދު ހަމްދާން ނާސިރު އެވެ.

ޕީޕީއެމް އާއި ކޮންގްރަސް ޕާޓީ ކޯލިޝަނެއް ހަދައި މަޖިލީހުގައި ގުޅިގެން ވާދަ ކުރަން ނިންމަވާފައި ވާއިރު، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއިން ޖުމްލަ 63 ފަރާތަކަށް މަޖިލީހުގައި ވާދަކުރަން ވަނީ ޓިކެޓް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް