މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ހޭނެތިއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ ރާވެރިބޭ ފުޑްކޯޓްތަކާއި އަޑުގެ ކަންމަތިން އެކްސިޑެންޓް ވި އަންހެނަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ.
ފުލުހުން ބުނީ މިއަދު 01:45 ހާއިރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއް ރިޕޯޓްކޮށްފައިވާމަށާއި އެ އެކްސިޑެންޓްގައި އެއް ސައިކަލެއްގައި ދެ އަންހެނަކު ތިބިއިރު އެއް އަންހެނަކު ހޭނެތުނު ކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ. އަދި އެ ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި ނަމަވެސް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް