ބުރިޖަށް އަރަން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ހިލަ ތޮށިގަނޑު މައްޗަށް

ހުޅުލެ ކޮޅުން ބުރިޖަށް އަރަން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ބުރިޖު ކައިރިން މަގުން ބޭރުވެ ހިލަ ތޮށިގަނޑު މައްޗަށް ސައިކަލާއެކު ވެއްޓިއްޖެއެވެ. ފުލުހުން ބުނެފައިވަނީ މިއަދު 2:15 ހާއިރު އެއާޕޯޓުނ...

02 Feb 2019 | 10:18

ހުޅުލެ ކޮޅުން ބުރިޖަށް އަރަން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ބުރިޖު ކައިރިން މަގުން ބޭރުވެ ހިލަ ތޮށިގަނޑު މައްޗަށް ސައިކަލާއެކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު 2:15 ހާއިރު އެއާޕޯޓުން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ތޮށިގަނޑުގައި ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް، އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން" ފުލުހުން ބުފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނެފައިވަނީ އެކްސިޑެންޓެއްގައި އަނިޔާވެގެން މިއަދު 2:40 ހާއިރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް މީހަކު ގެނެވިފައިވާކަމަށާއި އެމީހާއަށް އެމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަކަމަށެވެ. އެއީ ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ބޮލަށް އަނިޔާވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް