މަހަށް ނިކުމެ އުޅުނު މީހަކު ނިޔާވެއްޖެ

މަހަށް ނިކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި ނިޔާވެފައިވަނީ، ލ.ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމ...

02 Feb 2019 | 08:55

މަހަށް ނިކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި ނިޔާވެފައިވަނީ، ލ.ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަން ހުރި މީހެކެވެ.

އެމްޑީއެފްއިން ބުނެފައި ވަނީ މިމީހާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 09:00 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު، ކޯސްޓްގާޑްގެ އުޅަނދެއް އެ ސަރަހައްދަށް ދިޔުމަށް ފުރާފައިވާ ކަމަށެވެ. އަދި އުމުރުން 45 އަހަރުގެ މި ފިރިހެން މީހާ އަވަސް ފަރުވާއަށް ލ.ގަމު ރީޖަނެލް ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ މިމީހާގެ މެއަށް ތަދެއް އަރައިގެން ނޭވާލުމަށް އުނދަގޫވެ، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެ ދޯނިން އެދުމުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދެމުން ބުނިގޮތުގައި، މިއަދު ހެނދުނު 11:30 ހާއިރު، ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗެއްގެ އެހީތެރިކަމާއެކު އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި، އެމްއެންޑީއެފްގެ ލޯންޗް އެސަރަހައްދަށް ދިޔައިރުވެސް އެމީހާ ވަނީ ނިޔާވެފައެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ލ. ހިތަދޫއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް