ރިސޯޓެއްގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި ދިވެއްސަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ސިއްރުފެންފުށީގައި މަސައްކަތް ކުރަނިކޮށް އިމާރާތަކުން ވެއްޓި އަނިޔާވި ދިވެއްސަކު ނިޔާވެފައިވާކަމަށެވެ.
ނިޔާވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ނިޔާވެފައިވަނީ 22 އަހަރުގެ މީހެއް ކަމަށާއި ރިޕޯޓް ކޮށްފައިވަނީ 11:30 ގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް