ޖަމިއްޔަތުއް ސަލަފުން ރޭ ބާއްވަން އުޅުނު "ދީން ހިމާޔަތް ކުރުން" ފޯރަމް/ދަރުސް ބޭއްވުން ހުއްޓުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވުމުން އެއީ ރޯ ބުހުތާނު ދޮގު ކަމުގައި ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ އަލީ ރަމީޒް ބުނެފިއެވެ.
އަލީ ރަމީޒް މިހެން ބުނެފައިވަނީ މިނިސްޓަރުގެ ޓްވީޓްތަކަށް ރައްދު ދެމުންނެވެ.
މި މައްސަލައިގާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުތަކުގައިވެސް ދީނީ ދަރުސް ދިނުމުގެކުރިން އުސޫލާ އެއްގޮތަށް ޖަމިއްޔާތަކުންނާއި ޝައިޚުން އައީ ހުއްދަ ނަގަމުން ކަމަށެވެ. ނަމަވެސް މިނިސްޓްރީން ތަކުރާރުކޮށް ސަލަފް ޖަމިއްޔާއަށް "ރޭ" ގެ ދަރުސް އަށް ހުއްދަ ނެގުމަށް ހަނދާން ކޮށްދިނުމުންވެސް އެކަން ނުކޮށް، "ރޭ" ސަލަފުން ބާއްވަން އުޅުނު ދަރުސް އަމިއްލައަށް ކެންސަލް ކުރީމަ ހިތާމަކުރާކަމަށެވެ.
https://twitter.com/AhmedZahirAli/status/1091343262839799809
އެކަމަށް ރައްދު ދެމުން އަލީ ރަމީޒް ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކުރާ ބައިގަނޑާ ދޭތެރޭ ފިޔަވަޅު ނާޅައި، ދީނީ ފޯރަމަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް އަވަސްވެގަނެ، އަމިއްލައަށް ކެންސަލް ކުރީއޭ ކިތައިގެން އެވަރުގެ ބޮޑު ދޮގު ބުހުތާނެއް އެވަރުގެ ބޭފުޅަކު ނުހެއްދެވިޔަސް ފުދުނީސް ކަމަށެވެ.
https://twitter.com/aliramyz/status/1091359832035155969
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް