ފާރިސް ކުރިމަތިލައްވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށް

ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި...

02 Feb 2019 | 03:45

ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމަވައިފިއެވެ.

ފާރިސް މިކަން ހާމަކުރައްވައިވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ފާރިސް ވިދާޅުވެފައިވަނީ މާތް ﷲގެ ހަޒްރަތުން ވާގިއެދިހުރެ، އެންމެނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަ ކުރުމަށް ނިންމަވާފައިވާކަމަށެވެ.

https://twitter.com/afarismaumoon/status/1091346646460334081

މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރުމަށް ފާރިސް ނިންމަވާއިރު ފާރިސް އާއެކު މައުމުން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގައި އިސްކޮށް މަސައްކަތްޕުޅު ކުރައްވާ ބައެއް އެހެން ފަރާތްތަކުންވެސް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

އެގޮތުން އެ މޫވްމެންޓްގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އައިމިނަތު ނާދިރާ ވާދަކުރައްވަން ނިންމަވާފައިވަނީ ގަލޮޅު ދެކުނު ދާއިރާއަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) ވާދަކުރައްވަން ނިންމަވާފައިވަނީ ފޮނަދޫ ދާއިރާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް