ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަންނަން އުޅޭ ކަމަށް ބުނެ ފެތުރެމުން އަންނަ ޚަބަރު ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދޮގު ކުރައްވައިފި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަކާއި ސޯޝަލް މީޑިއާ ގައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ބޭނުންކޮށްގެން ދައުރުކުރަމުންދާ ޓިކެޓަކީ ކަނޑައެޅިގެން ދޮގެއް" ތަރުޖަމާނު ކުރެއްވި ޓްވީޓްގައި ވެ އެވެ.
މުއާޒް ވިދާޅުވީ މީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު ކުރާ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ އެމަނިކުފާނާ ދިވެހި ރައްޔިތުން ހަވާލު ކުރެއްވި ވާޖިބު އަދާކުރެއްވުންމަތީ ހިތްވަރާއި ސާބިތުކަމާ އެކުކަން ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.
ރައީސް ފުރައިގެން ދާން އުޅޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި އަންނަނީ ޓިކެޓެއް ދައުރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް