ރައީސް ޔާމީން އަށްވުރެ ގައުމު މުހިންމުވާނެ، ގާނޫނަށް ތަބާވުމަށް ފުލުހުންނަށް ގޮވާލަން: ރިޔާޒް

ރައީސް ޔާމީން އަށްވުރެ ގައުމު މުހިންމު ވާނެ ކަމަށާއި ގާނޫނަށް ތަބާވުމަށް ފުލުހުންނަށް ގޮވާލާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ. ރިޔާޒް މިހެން ވިދ...

02 Feb 2018 | 17:21

ރައީސް ޔާމީން އަށްވުރެ ގައުމު މުހިންމު ވާނެ ކަމަށާއި ގާނޫނަށް ތަބާވުމަށް ފުލުހުންނަށް ގޮވާލާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ އިދިކޮޅު ލީޑަރުން މިހާރު ދެމުންގެންދާ ޕްރެސް ބްރީފިންގައި އެވެ.

ރިޔާޒު ވިދާޅުވީ ފުލުހުން ތަބާވާންޖެހޭނީ ގާނޫނަށް ކަމަށެވެ. ފުލުހުން ކަންތައް ކުރަން ޖެހޭނެ ގޮތް ރައީސަށް ނުއެންގޭނެ ކަމަށެވެ. ފުލުހުން ސިޔާސީ ވެގެން ނުވާނެ ކަމަށެވެ.

"ތަންފީޒު ކުރުމުގެ ޕްރޮސެސް ހިނގަމުން ދިޔަ، އެކަމް އެކަން ހުއްޓުވާލީ، ގޯހަކުން ރަނގަޅެއް ނުނިކުންނާނެ" ސުޕްރީމް ކޯޓުގެ ހުކުމާއި ބެހޭގޮތުން ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވޭއިރު ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެމްބަރުންނަށް ވަދެވެން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް