ސުޕްރީމް ކޯޓުން އަމުރެއް ނެރެ އެ އަމުރު ތަންފީޒު ނުވެ 24 ގަޑިއިރު ވާން ކައިރިވެފައިވާއިރު އިދކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް އެންމެން މާލެ އެރުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ އިދިކޮޅު ލީޑަރުން މިހާރު ދެމުން އަންނަ ޕްރެސް ކޮންފަރެންސްގައި އެވެ.
އެ ޕްރެސް ކޮންފަރެންސްގައި އިބޫ ވިދާޅުވީ އަމުރުގައިވާ އެއްވެސް ކަމެއް ތަންފީޒު ނުކުރޭ ކަމަށާއި މި ހިނގާ ކޮންމެ މިނެޓަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި މިކަން ތަންފީޒު ކުރުމަށް ގޮވާލާ ތަންފީޒީ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ ތިން ބާރުގެ ތެރެއިން ދެ ބާރު ނުހިނގާތަން މިދަނީ ފެންނަމުން ކަމަށާއި އެއީ މަޖިލީހާއި ޖުޑީޝަރީގެ ބާރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް