ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 1 ފެބްރުބަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި އެކޯޓުގެ ނަންބަރު: 2018/SC-SJ/01 އަމުރާ ގުޅިގެން، އެއަމުރުގައި ހިމެނޭ ކަންކަން ތަންފީޛުކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާތީއާއި، އެ އަމުރުގެ 5 ވަނަ ނަމްބަރުގައި ހިމެނޭ ފަރާތްތަކުގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުޚަލާތަކުގައި ހުރި މައްސަލަތައްކަމަށްވާތީއާއި، އަދި އޭގެ ތެރެއިން އަނެއްބައި މައްސަލަތަކަކީ ޝަރުޢީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކަށްވާތީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްަތްތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް މިއޮފީހާއި ކަމާގުޅުންހުރި އިދާރާތަކާއެކު މިހާރު މިގެންދަނީ ކުރަމުން ކަމަށެވެ.
"އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މި އޮފީހުން ސުޕްރީް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުޢީ އަދި ޤާނޫނީ ކަންކަމުގެ ތަފްސީލު އެ ކޯޓަށް ހުށަހެޅުމަށްޓަކައި މި އޮފީހުން މިގެންދަނީ ތައްޔާރުވަމުންކަމުގައި ދެންނެވީމެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް