ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ކެނެޑާއިން ގޮވާލައިފި

ސުޕްރީމް ކޯޓުން ރޭ ނެރެފައިވ އަމުރު ތަންފީޒު ކުރުމަށް ކެނެޑާއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ. ކެނެޑާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ކުރައްވާފައިވާ ޓ...

02 Feb 2018 | 15:38

ސުޕްރީމް ކޯޓުން ރޭ ނެރެފައިވ އަމުރު ތަންފީޒު ކުރުމަށް ކެނެޑާއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ކެނެޑާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އޭގެ އެންމެ ފުރިހަމަގޮތުގައި ކުރިއަށްދާނެ ޖެހޭ ކަމަށާއި އިންތިހާބެއް ބޭއްވެން ޖެހޭނެ ކަމަށެވެ.

ހުކުމް ތަންފީޒު ކުރުމަށް ކެނެޑާއިން ގޮވާލާފައިވާއިރު އދ އިން ވަނީ ދިވެހި ސަރުކާރަށް މިކަމަށް ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް