ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއެކު ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު ފުލުހުން ގައިރު ގާނޫނީ އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ވެރިކަން ބަދަލުކުރަން "ކުލީ ސިފައިން" ގެންނަން އުޅޭ ކަމަށް އަޑު ފެތުރޭތީ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައި އެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރަކީ ފުލުހުންނަށްވެސް އަދި ސިފައިންނަށްވެސް ގައިރު ގާނޫނީ އަމުރެއް ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ގައިރު ގާނޫނީ އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމުގައިވެސް އަދުރޭ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް