ބޭންކް އޮފް މޯލްޑިވްސް ބާސްކެޓްބޯލް ކޯޓު ހުޅުވައިފި

ބާސްކެޓްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން ތަމްރީނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން(އެމްބީއޭ) އާއެކު ވެފައިވާ އެކްސްކުލޫސިވް ޕާރޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ގާއި...

02 Feb 2018 | 15:10

ބާސްކެޓްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން ތަމްރީނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން(އެމްބީއޭ) އާއެކު ވެފައިވާ އެކްސްކުލޫސިވް ޕާރޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ގާއިމްކުރެވުނު ބާސްކެޓްބޯޅަ ކޯޓް މިއަދު ހުޅުވައިފިއެވެ.

މި ކޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ.

އެކުވެނި އައުޓްޑޯރ ސަރަހައްދުގައި ގާއިމްކުރެވުނު މި ބާސްކެޓްބޯލް ކޯޓު ހުޅުވުމަށްފަހު، ފުރަތަމަ އަށް އެ ކޯޓުގައި ބޭއްވުނީ 13 އަހަރުން ދަށުގެ ގައުމީ ސްކޮޑްއާއި 16 އަހަރުން ދަށުގެ ގައުމީ ސްކޮޑްގެ ތަމްރީންތަކެވެ.ސީއީއޯ އެންޑްރޫ ހީލީ އަދި ބީއެމްއެލް އިސް ބައެއް ބޭފުޅުންގެ އިތުރުން އެމްބީއޭ ގެ ހިންގާ ކޮމިޓީގެ މެންބަރުން ވަނީ މި ތަމްރީންތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާގޮތުގައި މިދިޔަ އަހަރު ބީއެމްއެލް އާއި އެމްބީއޭ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބާސްކެޓްބޯލް އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވުމުގެ އިތުރުން ބާސްކެޓްބޯޅަ އިތުރަށް ތަރައްޤީކުރުމުގެ ގޮތުން، ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 1,000 ކުޅުންތެރިން ތަމްރީންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް