ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލުމަށް އަމުރު ކޮށްފައިވާއިރު އެބޭފުޅުން މިހާރު ތިއްބެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހެބިއަސް ކޯޕަސް މައްސަލައެއް ހުށަހަޅައިފި އެވެ.
މިފަދަ މައްސަލައެއް ހުށަހަޅާފައިވާކަން ހާމަކޮށްފައިވަނީ އިދިކޮޅު ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެ މައްސަލަ މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރައްވަމުން ކުރީގެ ޑެޕިއުޓީ ޕާޖީ ހުސެއިން ޝަމީމް ވިދާޅުވީ، އެ މައްސަލާގެ އަޑުއެހުމެއް މިރޭ ބާއްވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް