އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަ ކުރެވިގެން ތައްޔާރު ކުރެވުނު އެޕްލިކޭޝަން "މެސެންޖާރ ކިޑްސް" ހުއްޓާލުމަށް ކުޑަކުދިންގެ ހައްޤުތަކާއި ބެހޭ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
އެޖަމިއްޔާއިން ފޭސްބުކްގެ ސީއީއޯ މާރކް ޒުކަބާކަށް ފޮނުވި އޯޕެން ލެޓާރއެެއްގައި މިކަމަށް ގޮވާލާ ބުނެފައި ވަނީ ޅައުމުރުގަ ކުދިންނަށް އިންޓަރނެޓް ބޭނުން ކުރުމުގެ ފުރުސަތުތައް ދިނުމާއި ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަށް ބޭނުން ކުރުމަށް ހިތްވަރު ދިނުމަކީ ކުދިންގެ އުޅުމާއި އަޚްލާޤަށް ބަދަލު އަންނާނެ ކަމެއް ކަމުގައެވެ.
"މެސެންޖާރ ކިޑްސް" އެޕްލިކޭޝަނަކީ ބެލެނިވެރިޔާގެ އެކައުންޓަށް ލިންކު ކުރެވި ކުއްޖާ ކުރާ ހުރިހާކަމެއް ބެލެނިވެރިޔާއަށް މޮނިޓާރ ކުރެވޭނެގޮތަށް ތައްޔާރު ކޮއްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ފިލްޓާ ލައިގެން ފޮޓޯ ނަގާ ސްނެޕްޗެޓް ބޭނުން ކުރުމުގެ ފުރުސަތުވެސް ކުދިންނަށް ލިބެއެވެ.
މިކަމާ ގުޅޭގޮތުން ފޭސްބުކްގެ ސީއީއޯ ބުނެފައިވަނީ އެޢީ ވަރަށް ގިނަ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރެވިގެން ތައްޔާެރު ކުރެވުނު އެޕްލިކޭޝަންއެއް ކަމަށެވެ. މެސެންޖާ ކިޑްސް ހުއްޓާލުމަށް ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޖަމިއްޔާއަކުން ގޮވާލާފައިވާއިރު މި އެޕްލިކޭޝަންގެ މުސްތަގްބަލާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް