ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ސަލާމަތީ ބާރުތަކާއި މިނިވަން މުއައްސަސާތަކަށް ތަކުރާރުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު މިކަމަށް ގޮވާލާފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި އެވެ.
https://twitter.com/maumoonagayoom/status/959304706165063682
އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ގާނޫނުއަސާސީ ނެގެހެއްޓުމަށާއި ގައުމުގެ އަމަނާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް، ސަލާމަތީ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.
ސުމްރީމް ކޯޓުން ރޭ ނެރެފައިވާ އަމުރުގައި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން ކަނޑައެޅި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް