ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ރޭ އަމުރެއް ނެރެފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
މިކަން މީޑިއާތަކަށް ކަށަވަރުކޮށްދެމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބު މާފުށީ ޖަލަށް ބަދަލުކޮށް އެކަން އާއިލާއަށް އަންގާފައިވާކަމަށާއި ސަބަބު ހާމަނުކުރާ ކަމަށެވެ.
ސުޕްރީން ކޯޓުން ރޭ ނެރުނު އަމުރުގައި، ސިޔާސީ ގިނަ ހައްޔަރީންތަކެއް ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އަދީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް