ސުޕްރީމް ކޯޓުގެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ޖުޑީޝަރީން އާންމުކޮށްފި

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި ގޮނޑި ގެއްލުނުކަމަށް ކުރިން ކަނޑައެޅި މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް...

02 Feb 2018 | 05:01

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި ގޮނޑި ގެއްލުނުކަމަށް ކުރިން ކަނޑައެޅި މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކޮށްފި އެވެ.

ޑީޖޭއޭ އިން، ސުމްރީމް ކޯޓުގެ ހުކުމުގެ އިނގިރޭސި ތަރުޖަމާއެއް އާންމު ކޮށްފައިމިވަނީ ސުޕްރީމް ކޯޓުގެ އަމުރާއިމެދު ސަރުކާރުން ސުވާލު އުފައްދާފައިވަނިކޮށެވެ.

ސުވާލު އުފައްދާފާފައިވާއިރު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް