ފިލައިގެން ދާކަށް ނޫޅެން: އާޒިމާ ޝަކޫރު

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ގައުމު ދޫކޮށް ދާން ނޫޅޭ ކަމަށާއި ހުންނެވީ ގޭގައި ކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓ...

02 Feb 2018 | 03:23

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ގައުމު ދޫކޮށް ދާން ނޫޅޭ ކަމަށާއި ހުންނެވީ ގޭގައި ކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވެފައިމިވަނީ އެކަމަނާ ގައުމު ދޫކޮށް ފުރާވަޑައިގަތުމަށް އެއާޕޯޓުގެ ވީއައިޕީގައި އިންނެވި ކަމަށްބުނެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މިކަމަށް ރައްދު ދެއްވައި އާޒިމާ ވިދާޅުވެފައިވަނީ ރާއްޖެ ދޫކޮށް ދާން ނޫޅޭ ކަމަށާއި ސާބިތު ކަމާއެކު ހުންނެވީ ރައީސް ޔާމީން އާއި އެކުގައި ކަމަށެވެ. އަދި ހުންނެވީ އެއާޕޯޓްގައި ނޫން ކަމަށާއި ހުންނެވީ ގޭގައި ކަމުގައިވެސް އާޒިމާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް