ހުކުމް އިއްވާފައިތިބި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިރޭ ނެރެނު އަމުރު ލިބިފައިވާކަމަށާއި އެ އަމުރު ތަންފީޒު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނެފައިވަނީ އެ އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މި ސަރވިސްއިން މި ގެންދަނީ ކުރަމުން ކަމުގައި އެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައިވާއިރު ދިވެހި ސަރުކާރުންވެސް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ގަދަރު ކުރައްވާ ކަމުގައި ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް