ކޮޅިގަނޑު ގަނޑުގައި އޮޑި އަޑިއަށް ދާ ހެން ހީވާ ފަހަރު ފަހަރު އެ އޮޑިން އެންމެ ފުރަތަމަ ކަނޑަށް ފުންމާލާނީ، ކުރަފި، ހޯނު އަދި މީދާ ފަދަ ތަކެތި ކަމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެވެ. އެ ޕޯސްޓް ނިންމަވާލައްވަމުން ނިހާން ވިދާޅުވެފައިވަނީ "މިއީ ވަރަށް ވާހަކަ" ކަމަށެވެ.
ނިހާން މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުން މިރޭ ކޮށްފައިވާ ހުކުމެއްގެ ބުނެފައިވަނީ ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލުނު ކަމަށް ނިންމި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް