މާފުށީ ޖަލުގައި ތިބި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އެލާޓަށް ގެނެސްފި އެވެ.
ޖަލު މުވައްޒަފުން އެލާޓަށް ގެނެސްފައިވާކަން ދުވަހަށް ކަށަވަރުވެފައިވާއިރު ޖަލުގައި ތިބި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިރޭ މިވަނީ ހުކުމެއް ކޮށްފައި އެވެ.
އެ ހުކުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ހުކުމް ބަލައިގަންނަ ކަމަށެވެ. އެމްއެންޑީއެފުންވެސް މިފަދަ މޭރުމަކުން ވަނީ ބުނެފައި އެވެ. ނަމަވެސް ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވީ އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް