ކަނޑުމަތީ ހާދިސާއެއްގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

ދޯންޏަކާއި ޑިންގީއެއް ޖެހިގެން ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ދިވެއްސަކު ގެއްލިގެން ހޯދަމުން އެބަދެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ 07:07 ކަންހާއިރު ބ. ދޮންފަނު...

02 Jan 2020 | 14:46

ދޯންޏަކާއި ޑިންގީއެއް ޖެހިގެން ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ދިވެއްސަކު ގެއްލިގެން ހޯދަމުން އެބަދެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ 07:07 ކަންހާއިރު ބ. ދޮންފަނު ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވެ ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ފެނިފައިނުވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން އަންނަނީ އޭނާ ހޯދަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ގެއްލިފައިވަނީ ފިރިހެނެއް ކަމަށާއި ފުލުހުންގެ ލޯންޗާއި އަދި އާންމުންގެ ބަޔަކާއި ގުޅިގެން ދޯންޏެއްގައިވެސް އެ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް