އަފްޝަން މާލޭ މޭޔަރު ކަމަށް ވާދަނުކުރަން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މާލޭ މޭޔަރު ކަމަށް ވާދަނުކުރަން ނިންމައިފި އެވެ. މޭޔަރު ކަމަށް ކުރިމަތި ނުލައްވާނެކަން އަފްޝަން ހާމަކުރެއްވީ ރ...

02 Jan 2020 | 08:26

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މާލޭ މޭޔަރު ކަމަށް ވާދަނުކުރަން ނިންމައިފި އެވެ.

މޭޔަރު ކަމަށް ކުރިމަތި ނުލައްވާނެކަން އަފްޝަން ހާމަކުރެއްވީ ރޭ ކުރެއްވި ޓުވީޓެއްގައެވެ.

އާއިލީ ޒިންމާގެ ސަބަބުން މޭޔަރުކަމަށް ވާދަނުކުރައްވަން އަފްޝަން ނިންމެވި އިރު، އަފްޝަންގެ މަންމަގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ދާދި ފަހުން ވަނީ ކޮށްފައެވެ

މީގެ އިތުރުން އެމްޑިޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް މަރުހަބާ ކިޔާކަމަށާއި، އެމްޑިޕީގެ ކެނޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަފްޝަންގެ ޓްވީޓްގައި ވެއެވެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް