ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސާރާ އަލީ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖެ ޗުއްޓީ ހޭދަކުރަން ސާރާ އައީ އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ހާން އާއިއެކުއެވެ.
ސާރާ އަދި އިބްރާހިމް އަކީ ބޮލީވުޑްގެ ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގް ގެ ދަރިންނެވެ.
ސާރާއާއި އިބްރާހީމް ޗުއްޓީ ހޭދަކުރަމުން ދަނީ ލަކްސް ރިސޯޓްގައެވެ.
ސާރާއާއި އިބްރާހީމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މި ދެބެއިންގެ ބައްޕަ ސައިފާއި ދޮންމަންމަ ކަރީނާ ކަޕޫރު ގެންދަނީ މިދެމަފިރިންގެ ހަމައެކަނި ދަރިފުޅު ތައިމޫރާ އެކު ސްވިޒަލެންޑްގައި ޗުއްޓީ ހޭދަކުރަމުންނެވެ.
މިދިޔަ އަހަރު ފިލްމު "ކޭދަރުނާތު" އިން ބޮލީވުޑަށް ތައާރަފުވި ސާރާ 24، ޗުއްޓީ އަށް ރާއްޖެ މި އައީ މިދިޔަ ހަފުތާގައި ކެރެލާގައި ވެސް ޗުއްޓީ ހޭދަކުރުމަށް ފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް