މ. މަޑުއްވަރީ މުސްކުޅި ބޯއީސް ބަލިކޮށް ބްރަދަރސް އޮފް ދަ ގޭންގް ސީޔޫ ޗެމްޕިއަންޝިޕް އުފުލާލައިފިއެވެ.
މ. މަޑުއްވަރީ ކްލަބް އަޕްރައިޒިންގ އިން ރާވާ އިންތިޒާމުކުރި މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ 5 ޓީމު ބައިވެރިވި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ.
ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ބްރަދަރސް އޮފް ދަ ގޭންގް، މަޑުއްވަރީ މުސްކުޅި ބޯއީސްގެ މައްޗަށް ކުރިހޯދީ 0-3 ލަނޑުންނެވެ.
މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަލީ އިރުފާދު، އިތުރުން އަޔާޒް އަހްމަދު އަދި އަބްދުﷲ ރަޝީދުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި 8 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް އަލީ އިރުފާދު ހޯދި އިރު، އޭނާވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.
މި މުބާރާތުގެ ފެއަރޕްލޭ ޓީމަކަަށް އެފްސީ ބާޒު ހޮވުނު އިރު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ އެފްސީ ބާޒުގެ އަޖުފާން އިސްމާއިލް އަށެވެ.
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބްރަދަރސް އޮފް ދަ ގޭންގުގެ ޒައިދާން އަހްމަދު އާއި އަބްދުﷲ ރަޝީދު އާއި އަލީ އިރުފާދު އާއި މަޑުއްވަރީ މުސްކުޅި ބޯއިސްގެ ހަސަން އަލީ އާއި މުހައްމަދު ޒަޔާން މުލާޒް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް