ފަރުވާއަށް ފަހު ރައީސް މައުމޫން ގެއަށް ބަދަލުވެވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާލާސްކަންފުޅަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު ގެއަށް ބަދަލުވެވަޑައިގެންފި އެވެ ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲގެ ވާގިފު...

02 Jan 2020 | 07:18

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާލާސްކަންފުޅަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު ގެއަށް ބަދަލުވެވަޑައިގެންފި އެވެ

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲގެ ވާގިފުޅާ އެކު އެމަނިކުފާނަށް ދިމާވި އިންފެކްޝަންއިން ޝިފާ ލިބިވަޑަިއިގެންފައިވާ ކަމަށެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ﷲ އެމަނިކުފާނަށް ދެއްވި އެކި ނިއުމަތްތަކަށް ޝުކުރުވެރިވާ ކަމަށާއި، އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެ ހޮސްޕިޓަލްގެ މެނޭޖްމަންޓްއިން ދެއްވި އެހީތެރިކަމާއި ބެހެއްޓެވި ޕްރޮފެޝަނަލްކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ ދެ ދުވަސްކުރިން މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހެދުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް