ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް ޕައުލް ޕޮގްބާ ކުޅުމާދުރަށް ދާން ޖެހިއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕޮގްބާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން ތިނެއް ނުވަތަ ހަތަރު ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހެއެވެ.
އޭނާގެ ކުޑަހުޅަށް އަނިޔާ ލިބިފައިވަނީ މިދިޔަ އަހަރަުގެ ސެޕްޓެމްބަރު ފަހުކޮޅުއެވެ. އޭގެ ސަބަބުން ނުކުޅެ ހުރުމަށް ފަހު އޭނާ އެނބުރި އައީ މިދިޔަ މަހުއެވެ.
މެންޗެސްޓަރގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަހެއްހާ ދުވަސް ތެރޭގައި ޕޮގްބާއަށް އާދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ކުޑަހުޅުގެ އެހެން މައް ކުރިންވެސް އޮޕްރޭޝަނެއްކޮށް ޕޮގްބާއަށް މި ސީޒަނުގައި އަދި ކުޅެވުނީ 8 މެޗެވެ.
މިކަން މިހެން މެދުވެރިވަމުން އަންނަ އިރު، ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާއާ ޔުނައިޓެޑާ ދެމެދު މައްސަލަތަކެއް ޖެހި، ޕޮގްބާ ކްލަބް ބަދަލުކުރަން އުޅޭ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.
ޚަބަރުތައްބުނާގޮތުގައި އަންނަ ސީޒަނުގައި ޕޮގްބާ ފެނުން ގާތީ ރެއާލް މެޑްރިޑް ނުވަތަ ޔުވެންޓަސް އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް