މަޑުއްވަރީ ރައްޔިތުންނަށް ދީނީ ނަސޭހަތް ދެނީ

ރ. މަޑުއްވަރީގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަޑުއްވަރީ ކައުންސިލުން ފަށައިފި އެވެ. މަޑުއްވަރީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަ...

02 Jan 2020 | 06:28

ރ. މަޑުއްވަރީގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަޑުއްވަރީ ކައުންސިލުން ފަށައިފި އެވެ.

މަޑުއްވަރީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މަޑުއްވަރީ ރައްޔިތުންނަށް ދީނީ ނަސޭހަތް ދެއްވާނީ ޝައިހު ހުސައިން އަބްދުﷲ ސައީދާއި ޝައިހު ނަސްރުﷲ އަލީގެ އިތުރުން ޝައިހު އަހްމަދު ފަހުމީ އެވެ.

ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރަން ސަލާމަތީ ބާރުތަކުން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް