ނިމިދިޔަ އަހަރަކީ ދިވެހިރާއްޖެ އެތައްގޮތަކުން އަޅުވެތިވި އަހަރެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2019 ވެގެންދިޔައީ ދިވެހިރާއްޖެ އެތައްގޮތަކުން އަޅުވެތިވި ބަނަ އަހަރަކަށް ކަމަށެވެ.
"2020 އަކީ މާތް ﷲ ގެ ވާގިފުޅާއިއެކު ކޮންމެ ފަރުދަކާއި އާއިލާއަކަށް އުފަލާއި ކުރިއެރުން ގެނުވާނެ އަހަރެއް ކަމުގައި ލައްވާށި." ސައީދުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރަކީ ކުރިއެރުމެއް ނުލިބުނު އަހަރެއް ކަމަށް އިދިކޮޅުން ބުނިނަމަވެސް ނިމިގެންދިޔަ އަހަރަކީ ރާއްޖޭގައި ސުލްހަ ގާއިމުކުރެވި، ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް ގަދަރާއި އިހުތިރާމް ލިބުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް