ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު: އާއިލާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ. މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ކުރެއްވި ޓުވީޓެއްގަ...

02 Jan 2020 | 04:58

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.

މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށާއި، އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް މައުމޫން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑިމިޓް ކުރީ އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަހެއް ފަހުން ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް