އެމްއެންޑީއެފްގެ އެލާޓް، އާންމު ހާލަތަށް ބަދަލުކޮށްފި

މިދިޔަ މަހުގެ24 ވަނަ ދުވަހު އެމްއެންޑީއެފް އިން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް މަތިކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށި އޮޕަރޭޝަން މިއަދު ނިންމާލައިފިއެވެ. ޑިސެމްބަރު މަހު ފ...

02 Jan 2020 | 04:54

މިދިޔަ މަހުގެ24 ވަނަ ދުވަހު އެމްއެންޑީއެފް އިން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް މަތިކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށި އޮޕަރޭޝަން މިއަދު ނިންމާލައިފިއެވެ.

ޑިސެމްބަރު މަހު ފެށި އޮޕަރޭޝަން މިއަދު ނިންމާލުމަށްފަހު އެމްއެންޑީއެފުން ބުނީ ކުރީގެ ހާލަތަށް ހުރިހާ ކަމެއް މިހާރު ގެނެސްފައިވާ ކަމަށެވެ.

އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވެ، ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އިތުރުން، އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަރުގަދަކުރިއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިއޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރާ އަދި އާ އަހަރާ ދިމާކޮށް ކުއްލި ގޮތަކަށް ސިފައިން ވަރުގަދަ އޮޕަރޭޝަނެއް ފެށިކަން ހާމަކުރުމާ ގުޅިގެން އޭރު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް