މިއަހަރުގެ ތެރޭގައި ގިނަ އެއާޕޯޓުތަކެއް ހުޅުވިގެންދާނެ: ނަހުލާ

ރާއްޖޭގެ ރަށްތަކުގައި ތަރައްގީކޮށްފައިވާ ގިނަ އެއާޕޯތުތަކެއް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ...

02 Jan 2020 | 04:47

ރާއްޖޭގެ ރަށްތަކުގައި ތަރައްގީކޮށްފައިވާ ގިނަ އެއާޕޯތުތަކެއް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލާ، ރައްޔިތުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ނުހުޅުވެނީ ދިމާވާ ބައެއް ކަހަލަ ދަތިތަކުން ކަމަށާއި ސަބަބަކީ އެއާޕޯޓު ގާއިމުކުރި ނަމަވެސް އެތަނެއް ހުޅުވޭނީ އެތަނަށް ބޭނުންވާ މުވައްޒަފުންނާއި، ޓްރެއިން ކުރެވިފައި ތިބޭ މީހުން ލިބިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް، މަޑިވަރު އެއާޕޯޓް، ހޯރަފުށި އެއާޕޯޓް އަދި ފަރެސް މާތޮޑާ އެއާޕޯޓް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް އަދިވެސް އޮތީ ސަރުކާރުން ބޭނުންވާ ފެންވަރުގަިއ ނޫން ކަމަށާ މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓްވެސް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް