ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މިދިޔައަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނާނީ މިއަހަރު: ތޮއްޔިބު

ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް 2019 ވަނަ އަހަރު ކުރި މަސައްކަތުގެ ނަތީޖާ މިއަހަރު ވަރަށް ބޮޑަށް ފެންނާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މ...

01 Jan 2020 | 19:15

ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް 2019 ވަނަ އަހަރު ކުރި މަސައްކަތުގެ ނަތީޖާ މިއަހަރު ވަރަށް ބޮޑަށް ފެންނާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ ގެންނަން ކަނޑައެޅި ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން ކަމަށާއި އެ ޓާގެޓް އަހަރު ނިމުމުގެ 38 ދުވަސް ކުރިން ހާސިލްވި ކަމަށެވެ.  އަދި މިއީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން ރަޝިޔާ މާކެޓުން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްވެސް މިއަހަރު މަސައްކަތް ކުރާނެ ކަމަށާއި ރާއްޖޭގެ ހައިލެވަލް ޑެލިގޭޝަނެއް ރަޝިޔާއަށް ގޮސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް