ސަރުކާރުން ވައުދުވި ގޮތަށް، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުތަނުން ހެޔޮކޮށް ޓިކެޓްގެ އަގުތައް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
އެގޮތުން 25 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ އަދަދެއް ހެޔޮކޮށްފައިވެއެވެ.
އެގޮތުން އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވެވަޑައިގެންނެވި 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުމަށް ވެފައިވާ ވައުދު ފުއްދުމަށްޓަކައި މިވަގުތު ރާއްޖޭގެ އެތެރޭގެ ހުދުހުންތަކުގެ ދިވެހިން އަދި ބިދޭސީ މަސައްކަތްތެރިންގެ އަތުން ނަގާ އަގުތައް ހެޔޮކުރުމަށް ސަރުކާރާއި މަޝްވަރާ ކުރެވިގެން އެ ކުންފުނީގެ ފަރާތުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްތކުގެ އަގު ހެޔޮކުރަން ނިންމާފައިވާކަމަށެވެ.
އެގޮތުން ހާމަކޮށްފައިވާ އަގުތަކަކީ
މާލެ – ހަނިމާދޫ – މާލެ : 1610 ރުފިޔާ އާއި 2226 ރުފިޔާއާއި ދެމެދު
މާލެ – އިފުރު – މާލެ 1500 ރުފިޔާ އާއި 2056 ރުފިޔާއާއި ދެމެދު
މާލެ – ދަރަވަންދޫ – މާލެ – 1098 ރުފިޔާ އާއި 1562 ރުފިޔާއާއި ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ – 1500 ރުފިޔާ އާއި 2065 ރުފިޔާއާއި ދެމެދު
މާލެ – ތިމަރަފުށި – މާލެ – 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު
މާލެ – ކައްދޫ – މާލެ – 1610 ރުފިޔާ އާއި 2226 ރުފިޔާއާއި ދެމެދު
މާލެ – ކޫއްޑޫ – މާލެ – 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު
މާލެ – ކާޑެއްދޫ – މާލެ – 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު
މާލެ – ފުވައްމުލައް – މާލެ 1698 ރުފިޔާ އާއި 2598 ރުފިޔާ އާއި ދެމެދު
މާލެ - ގަން – މާލެ – 1698 ރުފިޔާ އާއި 2666 ރުފިޔާ އާއި ދެމެދު
އެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް