ޖަލުތަކުގެ ހާލަތާއި ގައިދީންނާއި މެދު ކަންތައް ކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ޖަލުތަކުގެ ހާލަތާއި ގައިދީންނާއި ދޭތެރޭ އަމަލު ކުރުވޭ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް، ޖަލުތަކުގެ އޮޑިޓް ހެދުމަށް ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަނުން އެދިއްޖެއެވެ. ޖަލުތައް އޮޑިޓްކުރަން ރައ...

02 Jan 2019 | 10:52

ޖަލުތަކުގެ ހާލަތާއި ގައިދީންނާއި ދޭތެރޭ އަމަލު ކުރުވޭ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް، ޖަލުތަކުގެ އޮޑިޓް ހެދުމަށް ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަނުން އެދިއްޖެއެވެ.

ޖަލުތައް އޮޑިޓްކުރަން ރައީސުލްޖުމުހުރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ކޮމިޝަނުން މިހާރު ދަނީ މައުލޫމާތުތައް އެއްކުރަމުން ކަމަށާއި އަދި ޖަލުތަކުގެ ހާލަތާއި ގައިދީންނާއި މެދު އަމަލު ކުރެވޭ ގޮތުގެ މައުލޫމާތު ކޮމިޝަނާއި ހިއްސާކުރެއްވުމަށް އާއްމުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިކޮމިޝަނު އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.

މީގެ އިތުރުންވެސް ނޫސްބަޔާނުގައި، ބަޔާންކޮށްފައިވާ ގޮތުގައި މައުލޫމާތު ހިއްސާކުރެއްވުމަށް ހުޅުވާލެވިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ބޭފުޅުން ކޮމިޝަނުގެ އީމެއިލް "[email protected]" އަށް، ނުވަތަ ރަސްމީ ގަޑީގައި ފޯން ނަމްބަރު 3321752 ކަށް ގުޅުއްވައިގެން، ނުވަތަ ސިޓީއަކުން، ނޫނީ ހޯމް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ކޮމިޝަނުގެ އޮފީހަށް ވަޑައިގެންވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

ެަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޖަލްތަކަކީ އިންސާނުން އުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އަދި އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއް ހައްދަވާނެކަމަށެވެ.

7 މެމްބަރުންގެ މައްޗަށް ހިމެނޭ މި ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ، އައްޝެއިޚް އަހުމަދު އަބްދުލް ކަރީމެވެ. މި ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ސ.ހިތަދޫ، ތެވެލި، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، މއ.ބޯގަންވިލާ ޝަހިންދާ އިސްމާޢިލް، ރ.ކަނދޮޅުދޫ، ރިހިތަޅާގެ، އަޙްމަދު މުޙައްމަދުފުޅު، ގ.މާލެހިޔާ 2، އަލްއުސްތާޛާ ޒުލައިޚާ ދާއޫދު، އދ. ދަނގެތި، ސާތީ، އަލްއުސްތާޛާ ޝާދިޔާ އާދަމް، ޏ.ފުވައްމުލައް މާބުޅާގެ، އައިމިނަތު ނާހީން އަޙްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް