ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ސުކޫލު ޔުނިފޯމްގައި ތިބޭ ކުދިންނަށް ބަސް ދަތުރު ހިލޭ

ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ސުކޫލު ޔުނިފޯމުގައި ތިބޭ ކުދިންގެ އަތުން ބަހުގައި ދަތުރު ކުރުމަށް އެއްވެސް ފީ އެއް ނުނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މީގެ ކ...

02 Jan 2019 | 09:08

ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ސުކޫލު ޔުނިފޯމުގައި ތިބޭ ކުދިންގެ އަތުން ބަހުގައި ދަތުރު ކުރުމަށް އެއްވެސް ފީ އެއް ނުނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

މީގެ ކުރިން ބަހުގައި ހިލޭ ދަތުރު ކުރެވުނުކަމުގައި ވީނަމަވެސް، އިއްޔައިން ފަށައިގެން އެމްޕީއެލް އިން ވަނީ ބަސްދަތުރަށް ފީނަގަން ފަށާފައެވެ.

އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ބަސްދަތުރުތަކަށް އަގު ނަގަނީ ޓަޗްލިންކު ކާޑަކުންނެވެ. ރީލޯޑު ކޮށްގެން ބޭނުންކުރެވޭ މި ކާޑު މިވަގުތު ދޫކޮށް، ރީލޯޑު ކޮށްދެނީ ހަމަ އެކަނި މާލޭ ބަސް ޓާމިނަލް އަދިހުޅުމާލޭ މެއިން ބަސް ސްޓޮޕުންނެވެ. މި ޓަޗްލިންކް ކާޑު ގަންނަން ލިބޭނީ ވިހި ރުފިޔާ އަށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް