ޓްވިޓާގައި ދިވެހި ފުލުހުންގެ ފޮލޯވާސް އަދަދު ލައްކައަކަށް

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި ދިވެހި ފުލުހުންގެ ޓްވިޓާ އެކައުންޓް (@policemv) ފޮލޯވަރުންގެ އަދަދު އެއް ލައްކައަށް އަރައިފިއެވެ. މިއީ ދައުލަތުގެ ވަކި މުއައްސަސާއެއްގެ ޓްވިޓާ ފޮލޯވާސްގެ އަދަދު ލަ...

02 Jan 2019 | 08:44

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި ދިވެހި ފުލުހުންގެ ޓްވިޓާ އެކައުންޓް (@policemv) ފޮލޯވަރުންގެ އަދަދު އެއް ލައްކައަށް އަރައިފިއެވެ.

މިއީ ދައުލަތުގެ ވަކި މުއައްސަސާއެއްގެ ޓްވިޓާ ފޮލޯވާސްގެ އަދަދު ލައްކައަކަށް އެރި ފުރަތަމަ ފަހަރެވެ.

ފުލުހުން ދިވެހި ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށްޓަކައި ސޯޝަލް މީޑިއާ ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ޕޮލިސް މީޑިއާގެ ވަކި ވެބްސައިޓެއް (policelife.mv) ހިންގަމުން އަންނައިރު މި ވެބްސައިޓްގައި ހަބަރާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އެކި މައުލޫމާތުތައް ގެނެސްދެއެވެ.

ޓްވިޓާގެ އިތުރުން ފޭސްބުކްގައި ފުލުހުންގެ ވަކި ޕޭޖެއް ހިންގަމުން އަންނައިރު އެ ޕޭޖަށް 98 ހާސް ލައިކްސް ލިބިފައިވެއެވެ. އެންމެ ފަހުން ސޯޝަލް މީޑިއާގައި ފުލުހުން ތައާރަފް ކޮށްފައިވަނީ ވައިބަރ ޕަބްލިކް ގްރޫޕެކެވެ. މިއީ ކޮންމެ މީހަކަށްވެސް ބައިވެރިވެވިދާނެ ގްރޫޕެކެވެ. ފުލުހުން އަންނަނީ  އެ ގްރޫޕްގައިވެސް ހަބަރާއި މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް