އާ އަހަރާއެކު ނިއުމާގެ ފަހު ލަވަ ދައްކާލައިފި!

ފިލުމީ ދާއިރާއަށް ވަރަށް ގިނަ ދުވަސް ވަންދެން ހިދުމަތްކުރި ބަތަލާ ނިއުމާ މުހައްމަދުގެ ފަހު ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ. ނިއުމާ ފިލުމަކުން ފެންނާނެ އެންމެ ފަހު ފިލުމަކީ ބެެލުންތެރިން ކެތްތެެ...

02 Jan 2019 | 06:01

ފިލުމީ ދާއިރާއަށް ވަރަށް ގިނަ ދުވަސް ވަންދެން ހިދުމަތްކުރި ބަތަލާ ނިއުމާ މުހައްމަދުގެ ފަހު ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ނިއުމާ ފިލުމަކުން ފެންނާނެ އެންމެ ފަހު ފިލުމަކީ ބެެލުންތެރިން ކެތްތެެރި ކަމެއް ނެތި ބަލައިލާ ހިތުން މަޑުކުރާ ފިލްމް "ނިވައިރޯޅި"އެވެ ނިއުމާގެ ފަހު ލަވައަކަށް ވެގެންދަނީ މިފިލްމުގެ ޕޮރޮމޯޝަނު ލަވައެވެ. " ސިހުރު ފަދަވި ކަމަނާ" ގެ ނަމުން މިލަވައަށް ނަންދީފައިވާއިރު، މިލަވަ ކިޔާފައިވަނީ މައްޝޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ.

މާދަމާ ރޭ މިފިލްމް ސިކްރީނުގައި އަޅުވަން ހަމަޖެހިފައިވާއިރު، ނިވައިރޯޅީގެ ޕްރިމިއަރ ޝޯއެއްގެ ޓިކެޓް އުޅެނީ 150 އަށެވެ. އަދި އެހެން ޝޯތަކުގެ ޓިކެޓް 100 އަށް ލިބޭނެ ކަމަށް ނިވައިރޯޅީގެ ޓީމުން މައުލޫމާތު ދެއެވެ.

ވެރިކަން ކުރާ ރަށް މާލޭގައި އަދި ރ އަތޮޅުގެ ދެރަށެއް ކަމަށްވާ އިނގުރައިދޫ އަދި އުނގޫފާރުގައި މިފިލްމްގެ މަންޒަރުތައް ނަގާފައި ވެއެވެ. މިފިލްމަކީ ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކުރާ ފިލްމެކެވެ.

ނިއުމާ މުހައްމަދު ދެއްވި އިންޓަވިއުއެއްގައި ބުނެފައިވާގޮތުގައި، އެމީހުންގެ ޓާގެޓަކީ ރިސޯޓްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިފިލްމް އެޅުވުން ކަމަށެވެ. ނިވައިރޯޅި މިފިލްމުން ރާއްޖޭގެ މައްޝޫރު ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް