ޑޮމެސްޓިކް ދަތުރުތަކުގެ އަގުހެޔޮކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓްފިއުލް ވިއްކާ އަގު އިއްޔެއިން ފެށިގެން ހެޔޮކޮށްފިއެވެ.
އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް މަތިންދާބޯޓު ތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައިވާއިރު، އިންޓަރނޭޝަނަލް ބޯޓު ތަކަށް ޖެޓްފިއުލް ވިއްކާނީ ލިޓަރެއް 9.9113 ޑޮލަރު (14 ރުފިޔާ) އަށެވެ. އަދި ޑޮމެސްޓިކް ބޯޓުތަކަށް ޖެޓްފިއުލް ވިއްކާނީ ލިޓަރެއް 0.92033 ޑޮލަރު (14.1 ރުފިޔާ) އަށް ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
މިއީ އިންޓަރނޭޝަނަލް ބޯޓުތަކަށް 6.91 އިންސައްތަ، އަދި ޑޮމެސްތިކް ބޯޓުތަކަށް 7.50 އިންސައްތައިގެ ކުޑަވުމެކެވެ. ޖެޓް ފިއުލް އަގުހެޔޮ ކުރުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓު ކުރާ އެއާލައިން ތަކަށް ފައިދާވާނެކަމަށް އެމްއޭސީއެލުންއިން ހާމަކުރެއެވެ.
ޖެޓް ފިއުލްގެ އަގުހެޔޮކޮށްފައިވާ މި ދަނޑިވަޅުގައި، އާއަހަރާ ދިމާކޮށް އެއާޕޯޓަށް ވަނީ ރެކޯޑު އަދަދަކަށް ފްލައިޓު ޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް