ހޮން ކޮންގުގެ މާފިޔާ ޑްރަގު ނެޓުވޯކަކާއި ގުޅުން އޮންނަ ތިން ދިވެހިން މަސްތުވާތަކެއްޗާއި އެކު އިންޑިއާގެ ކޮޗިންއިން ހައްޔަރުކޮށްފިއެވެ.
އިންޑިޔާގެ ކޮޗިން އިން ހައްޔަރުކުރި މިތިން ދިވެހިންގެ އަތުން ޝޭމްޕޫ ފުޅިތަކަށް އަޅާފައިވާ 1.5 ލީޓަރުގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށް އިންޑިއާގެ ނޫސް ތަކުގައި ބުނެފައިވެ އެވެ.
ެއިންޑިއާގެ ފުލުހުންނާއި ހަވާލާއިދީ އިންޑިއާގެ ނޫހެއް ކަމަށްވާ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ކޮޗިން ފުލުހުން އެމީހުންނަށް ފާރަލައި، ހިންގި އޮޕަރޭޝަނެއްގައި، އެމީހުން ތިބި ހޮޓެލުގެ ޕާކިންގް އެރިއާއިން ކަމަށެވެ. ނޫސް ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ، އާޒިމް ހަބީބާއި، މުހައްމަދު ސަފޫފް އަދި ޝިފާން އިބްރާހީމެވެ.
މީގެ އިތުރުން އިންޑިއާ މީހަކުވެސް ހައްޔަރު ކުރި އެވެ.
ފުލުހުންނާއި ހަވާލާދީ، ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވަނީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ދިވެހިންނަކީ ހޮންކޮންގްގެ ކޯނާ ގޯލްޑް ގުރޫޕަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި، އެމީހުންނަކީ ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯގެ "ވޯންޓެޑް ލިސްޓް" ގައި ހިމެނޭ ތިން މީހުން ކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ ފުލުން ބުނެފައިވާގޮތުގައި، މިތިން މީހުން އިންޑިއާއަށް އެތެރެވެފައިވަނީ ޓޫރިސްޓު ވިސާގައި އެވވެ. އަދި ޑިސެމްބަރު މަހު އެކަނިވެސް އިންޑިއާ، ސިންގަޕޫރު، ތައިލެންޑް އަދި ދިވެހިރާއްޖެއަށް އެތައް ފަހަރަކު ދަތުރުކޮށްފައި ވާކަމަށެވެ. އެމީހުން އަތުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 8.9 މިލިއަން ރޔިޔާއަށް އަރައި ކަމަށްވެސް ނޫސް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިންވެސް، 2018 ވަނަ އަހަރުގެ ޖޫން މަހުވެސް އިންޑިއާގެ ޓްރިވެންޑްރަމްއިން 17 ކިލޯ މަސްތުވާތަކެއްޗާއެކު ތިން ދިވެހިން އަތުލައިގަންފަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް