މުސްލިމަކު ނިޔާވުމުން ވަޅުލާނެ ޖާގައެއް އިންޑިއާގެ ވެރިރަށުގައި ނެތް !

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި، މުސްލިމަކު ނިޔާވުމުން ވަޅުލާނެ ޖާގަ ހޯދުން އިންތިހާއަށް އުނދަގޫ ކަމަށާއި އަވަސް ހައްލެއް ނުގެނެސްފިނަމަ ހަމަނުޖެހުންތަކެއް އުފެދިގެން ގޮސްދާނެ ކަމުގައި ބައެއް ނޫސްތ...

02 Jan 2019 | 01:53

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި، މުސްލިމަކު ނިޔާވުމުން ވަޅުލާނެ ޖާގަ ހޯދުން އިންތިހާއަށް އުނދަގޫ ކަމަށާއި އަވަސް ހައްލެއް ނުގެނެސްފިނަމަ ހަމަނުޖެހުންތަކެއް އުފެދިގެން ގޮސްދާނެ ކަމުގައި ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

އެގޮތުން ދިއްލީ މައިނޯރިޓީ ކޮމިޝަންގެ އެދުމަށް ޖަމިއްޔާއަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި މުސްލިމަކު ވަޅުލަން ހުރި ހުރިހާ ޖާގައެއް ދާދި އަވަހަށް ހުސްވުމުގެ ބިރު އެބައޮތެވެ. މި ދިރާސާ އިންޑިއާގެ ރަސްމީ އިދާރާތަކާއި ހިއްސާކޮށްފައިވާއިރު މި މައްސަލައިގާ އިންޑިއާއިން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނެތެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާގޮތުގައި އިންޑިއާގައި އަހަރަކު ގާތްގަނޑަކަށް ތޭރަހާސް މުސްލިމުން ނިޔާވެއެވެ. ނަމަވެސް ދިއްލީ ވަގްފު ބޯޑުގެ ހިސާބު ދައްކާގޮތުން މުސްލިމުން މިހާރު ވަޅުލަން ބާކީ ހުރި ޖާގައިގެ އަދަދަކީ 29 ހާސް ޖާގައެވެ. އެހެންކަމުން ދާދި އަވަހަށް މި ޖާގަތައް ފުރި މިކަމުގައި މުސްލިމުންނަށް ގޮތް ހުސްވުމުގެ ބިރު އެބައޮތެވެ.

މި ދިރާސާއާއެކު މައިނޯރިޓީ ކޮމިޝަނުން އިންޑިއާގެ ސަރުކާރުގައި މިހާރު އެދެމުން އަންނަނީ އިތުރު ގަބުރުސްތާނުތައް އަޅައިދިނުމަށެވެ. ނުވަތަ އެކަމަށް ޖާގަ ކަނޑައަޅައިދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް