އިރާނާއި ދެކޮޅަށް އަހަރެމެންނަކީ އަރަބީންގެ ރަހުމަތްތެރިން: އިޒްރޭލު

އައިއެސް ޖަމާއަތާއި އިރާނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިޒްރޭލަކީ އަރަބީންގެ އެކުވެރީން ކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ މިހާރު ބްރެޒިލަށް ...

02 Jan 2019 | 01:36

އައިއެސް ޖަމާއަތާއި އިރާނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިޒްރޭލަކީ އަރަބީންގެ އެކުވެރީން ކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ މިހާރު ބްރެޒިލަށް ގޮސް އުޅޭއިރު ބްރެޒިލްގެ ގޮބްލޯ ޓީވީއަށް ދިން އިންޓަވިއުއެއްގައެވެ.

ނަތަންޔާހޫ މިހެން ބުނެފައިވާއިރު އިޒްރޭލުން އަބަދުވެސް އަންނަނީ އިރާނާއި ދެކޮޅަށް ބައިނަލްއަގްވާމީ މާހައުލުގައި ވަކާލާތު ކުރަމުންނެވެ. އެގޮތުން އިރާނުން ނިއުކްލިއަރ ޕްރޮގްރާމް ފައްކާކުރަމުން އަންނަ ކަމުގެ ތުހުމަތު އަބަދުވެސް އިޒްރޭލުން އިރާނަށް ކުރެއެވެ.

އޭނާ ބުނެފައިވާގޮތުގައި ރެޑިކަލް އިސްލާމް، ރެޑިކަލް ޝިއަޢީން އަންނަނީ އިރާނުގެ ތެރެއިންނެވެ. އަދި އައިއެސް އާއި އަލް ގައިދާފަދަ ޖަމާއަތްތަކުގައި ގިނައީ އިރާނުގެ މީހުންކަމުގައި ނަތަންޔާހޫ ބުނެފައިވެއެވެ.

އިރާނާއެކު ސުލްހައިގެ މަޝްވަރާތަކަކަށް ގޮސްދާނެތޯ އެހުމުން ނަތަންޔާހޫ ބުނެފައިވަނީ އިރާނަކީ އިޒްރޭލުގެ އަދުއްވެއް ކަމަށާއި އިޒްރޭލާއި ދެކޮޅު ވިސްނުން އިރާނުން ގެންގުޅޭހާ ހިނދަކު އިރާނާއެކު މަޝްވަރާއަށް ނުދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް