8ކޭ ކޮލިޓީގެ 88 އިންޗީގެ ޓީވީއެއް އެލްޖީން ތައާރަފު ކުރަނީ

އެލްޖީ ކުންފުނިން ދާދި އަވަހަށް 88 އިންޗީގެ ޑިސްޕްލޭއެއް އެކުލެވޭ ޓީވީއެއް ތައާރަފު ކުރާނެ ކަމަށް އެންގެޖެޓުން ބުނެފި އެވެ. އެންގެޖެޓުން ބުނެފައިވާގޮތުގައި އެލްޖީ އިން މި ޓީވީ ތައާރަފު ކުރާނީ މި އަހަރ...

02 Jan 2018 | 02:51

އެލްޖީ ކުންފުނިން ދާދި އަވަހަށް 88 އިންޗީގެ ޑިސްޕްލޭއެއް އެކުލެވޭ ޓީވީއެއް ތައާރަފު ކުރާނެ ކަމަށް އެންގެޖެޓުން ބުނެފި އެވެ.

އެންގެޖެޓުން ބުނެފައިވާގޮތުގައި އެލްޖީ އިން މި ޓީވީ ތައާރަފު ކުރާނީ މި އަހަރުގެ ކަންޒިއުމަރ އިލެކްޓްރޯނިކް ޝޯގައި އެވެ. މި ޝޯ އަކީ ކޮންމެ އަހަރަކު ބާއްވާ ޝޯ އެކެވެ. މި ޝޯގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ތަފާތު ގިނަ ޓެކްނޮލޮޖީތަކެއް ތައާރަފް ކުރެ އެވެ.

އެންގެޖެޓުން ހާމަކޮށްފައިވާގޮތުގައި އެލްޖީން ތައާރަފްކުރަން އުޅޭ ޑިސްޕްލޭ އަކީ އޯއެލްއީޑީ ޑިސްޕްލޭ އެކެވެ. މި ޑިސްޕްލޭއަކީ 8ކޭ ކޮލިޓީ ޑިސްޕްލޭ އެކެވެ.

އެލްޖީއިން މިހާތަނަށް ތައާރަފް ކޮށްފައިވާ އެންމެ ބޮޑު ޑިސްޕްލޭ އަކީ 77 އިންޗީގެ 4ކޭ ކޮލިޓީގެ ޑިސްޕްލޭ އެކެވެ. އޭގެ އަގަކީ 20 ހާސް ޑޮލަރެވެ. އެހެންކަމުން އަލަށް ތައާރަފް ކުރަން އުޅޭ ޓީވީގެ އަގު ބޮޑުވާނެ ކަމުގައި ބެލެވެ އެވެ.

އެލްޖީ އިން 88 އިންޗީގެ ޓީވީއެއް ތައާރަފް ކުރާނެ ކަމުގައި ބެލެވޭއިރު ސެމްސަންގް އިން ވަނީ 88 އިންޗީގެ ޓީވީއެއް މީގެކުރިން ތައާރަފް ކޮށްފައި އެވެ. ނަމަވެސް އެއީ 4ކޭ ކޮލިޓީގެ ޑިސްޕްލޭއެއް އެކުލެވޭ ޓީވީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް